8130afa1c2
No-Try: true Change-Id: I84559846fd22a877c689b51b934386073c3121a0 Reviewed-on: https://skia-review.googlesource.com/c/192425 Reviewed-by: Hal Canary <halcanary@google.com> Commit-Queue: Hal Canary <halcanary@google.com>
4 lines
2.7 KiB
Plaintext
4 lines
2.7 KiB
Plaintext
1 ވަނަ މާއްދާ ހުރިހާ އިންސާނުންވެސް ދުނިޔެއަށް އުފަންވަނީ، މިނިވަންކަމުގައި، ހަމަހަމަ ޙައްޤުތަކަކާއެކު، ހަމަހަމަ ދަރަޖައެއްގައި ކަމޭހިތެވިގެންވާ ބައެއްގެ ގޮތުގައެވެ. ހެޔޮ ވިސްނުމާއި، ހެޔޮބުއްދީގެ ބާރު އެމީހުންނަށް ލިބިގެންވެއެވެ. އަދި އެކަކު އަނެކަކާމެދު އެމީހުން މުޢާމަލާތް ކުރަންވާނީ، އުޚުއްވަތްތެރިކަމުގެ ރޫޙެއްގައެވެ.
|
|
|
|
2 ވަނަ މާއްދާ ހަމަ ކޮންމެ މީހަކަށްމެ، މިޤަރާރުގައި ބަޔާންކޮށްފައިވާ ހުރިހާ ޙައްޤުތަކަކާއި މިނިވަންކަމުގެ މިންގަނޑުތަކެއް ހޯދުމާއި، ލިބިގަތުމުގެ ޙައްޤު ލިބިގެންވެއެވެ. އެޙައްޤުތަކާއި އެމިންގަނޑުތައް ލިބިދެނީ، ނަސްލާއި، ކުލައާއި، ޖިންސާއި، ބަހާއި، ދީނާއި، ސިޔާސީގޮތުން ނުވަތަ އެހެންވެސް ކަމަކާ ގުޅޭގޮތުން ވިސްނުން ގެންގުޅޭ ގޮތާއި، ވަކި ޤައުމަކަށް ނުވަތަ މުޖުތަމަޢަކަށް ނިސްބަތްވުމާއި، މުދާ ލިބިހުރުމާއި، އުފަންވީ ޢާއިލާއެއްގެ ސަބަބުން ޤަދަރުވެރިވުމާއި، އެހެންވެސް ސަބަބަކާ ހުރެ ޤަދަރުވެރިވުންފަދަ، އެއްވެސް ބާވަތެއްގެ މިންގަނޑަކުން ތަފާތު ކުރުމެއް ނެތިއެވެ. އަދި މީހަކު ނިސްބަތްވާ ޤައުމަކީ، ނުވަތަ ސަރަޙައްދަކީ ސިޔާސީ ގޮތުން، ނުވަތަ އެޤައުމުގެ ބާރު ހިނގާ ސަރަޙައްދުގެ މިންވަރުގެ ގޮތުން، ނުވަތަ އެޤައުމުގެ ބައިނަލްއަޤްވާމީ ހައިސިއްޔަތުގެ ގޮތުން ނަމަވެސް، އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެން ނުވާނޭ ގޮތުންނެވެ. އެޤައުމަކީ، ނުވަތަ މީހަކު ނިސްބަތްވާ އެސަރަޙައްދަކީ، މިނިވަން ޤައުމަކަށް ވިޔަސް، ނުވަތަ އެކުވެރި ދައުލަތްތަކުގެ ބެލުމުގެ ދަށުން އެހެން ޤައުމަކުންބަލަހައްޓަމުންދާ ޤައުމެއް ކަމުގައިވިޔަސް، ނުވަތަ އަމިއްލަ ވެރިކަމެއް ނެތް ޤައުމެއް ކަމުގައި ވިޔަސް، ނުވަތަ އެހެންވެސް ގޮތަކުން ސިޔާދަތީ ބާރު މަޙްދޫދު ކުރެވިގެންވާ ޤައުމަކަށް ވީނަމަވެހެވެ.
|